ވަޒީފާ ދޭ ފަރާތްތަކަކީ ޕެންޝަނާ ބެހޭ ގާނޫނާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކެއްކަން ކަށަވަރު ކުރުމަށް ޓަކައި ޕެންޝަން އޮފީހުން ގަވާއިދުން ހަރަކާތްތައް ހިންގައެވެ. ޕެންޝަން ފައިސާ ޖަމާކުރުމަށް ހަނދާންކޮށްދިނުމުގެ ނޯޓިސް ފޮނުވުމުން ފެށިގެން ގާނޫނީ ފިޔަވަޅުއެޅުން ފަދަ ގިނަ ކަންކަން ކުރެ އެވެ. ބޭނުމަކީ ވަޒީފާދޭ ފަރާތަކީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ އުސޫލުތަކަށް ތަބާވާ ބަޔަކަށް ހަދައި އެ ސްކީމުގެ ފައިދާ ވަޒީފާއަދާ ކުރާ ފަރާތްތަކަށް ހޯދައިދިނުމެވެ.