Media cover image

27-12-2023
ރާއްޖޭގެ ޕެންޝަން ނިޒާމާ ބެހޭ ގޮތުން ޕެންޝަން އޮފީހުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ހުޅުމާލެ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ބާއްވައިފިއެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ޑިސެމްބަރި 18 އިން 19 އަށް ހުޅުމާލެ ހޮސްޕިޓަލުގައެވެ. މި ސެޝަންތަކުގައި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި މޯލްޑިވްސް ޕެންޝަން ސިސްޓަމާ ގުޅޭ އަސާސީ މައުލޫމާތު ފޯރުކޮށްދިނެވެ. މި ސެޝަންތަކުގައި ހުޅުމާލެ ހޮސްޕިޓަލުން 50 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.