ޕެންޝަން އޮފީހުގެ އެގްޒެކެޓިވް އަދި ސީނިއާ މެނޭޖްމަންޓް ޓީމުގެ މެމްބަރުން މެލޭޝިއާގައި ބޭއްވި ސްޓަޑީ ޓުއާއެއްގައި ބައިވެރިވެއްޖެ އެވެ.
މި ޓުއާ އޮތީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޓުއާގައި އޮތީ ޕެންޝަން ގެ ހިދުމަތާއި، ޕެންޝަން އެސެޓްސް އަދި އިންވެސްޓްމަންޓް މެނޭޖްމަންޓް ޕްރެކްޓިސް އާއި، މުވައްޒަފުން ތަމްރީނުކުރުމާއި ތަރައްގީކުރުމުގައި ފުޅާ ދާއިރާއެއްގައި ތަޖުރިބާ ލިބިފައިވާ މުއައްސަސާތަކުގެ މައުލޫމާތު ހޯދުމެވެ.
މި ދަތުރުގެ ބައިވެރިން ވަނީ މެލޭޝިއާގެ ޕެންޝަން އިންޑަސްޓްރީގައި އިސްކޮށް ހަރަކާތްތެރިވާ ފާހަގަކޮށްލެވޭ މުއައްސަސާތަކަށް ޒިޔާރަތްކޮށްފައެވެ.

16-12-2023